ދިހަ އަހަރު ވަންދެން ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ސިޓީ ޕާކް އަލުން ހަދަން ފެށީ 2024 ވަނަ އަހަރު އެވެ.
ތަފްސީލު - އަލިކިލެގެފާނުމަގުގައި އޮންނަ އެ ޕާކް އަލުން ހުޅުވީ ބެޑްމިންޓަން ކޯޓަކާއި ތުރީއޮންތުރީ ބާސްކެޓްބޯޅަ ކޯޓެއް އަދި ކަސްރަތު ކުރާނެ ތަނަކާ އެކުގަ އެވެ. އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަހައްދަކާއި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނެއް ވެސް ޕާކްގައި ހިމަނާފައިވެ އެވެ.
ޕާކް ތަރައްގީކޮށް ހުޅުވުމާ ގުޅިގެން މާލޭ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާކް އަލުން ޑިޒައިންކޮށް ފުރިހަމައަށް ހަދައި ހުޅުވިގެން ދިޔުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް އަދި ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ﷲއަށް ހަމްދު ކުރާ ކަމަށް ވެސް ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
"[ގަލޮޅު ޕާކް ހުޅުވިގެން މިދިޔައީ] ވަރަށް ގިނަ ގޮތްގޮތަށް ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން. މާލެ ސިޓީގެ މޭޔަރުކަމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި، އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން،" އާޒިމް ވިދާޅުވި އެވެ.
"މި ޕާކު ބޭނުންކުރައްވާ ހުރިހައި ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް، އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމައެކު އިލްތިމާސް ކުރަން."
10 އަހަރަށް ފަހު ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ