ޒަހްރާން މަމްދާނީ ނިއުޔޯކްގެ މޭޔަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ ސިއްރިޔާތުގައި

ނިޔުޔޯކް (31 ޑިސެމްބަރު 2025): އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް އިންތިޚާބު ކޮށްފައިވާ މުސްލިމް މޭޔަރު (މޭޔަރު އިލެކްޓް) ޒަހްރާން މަމްދާނީ މަގާމުގެ ހުވާކޮށް މޭޔަރުކަމާ ހަވާލުވުމުގެ ރަސްމިއްޔާތު ބާއްވާނީ މިއަދު ކަމަށް އޭނާގެ އެހީތެރިންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނެފިއެވެ. ގާޑިއަން ނޫސް ބުނާގޮތުން މަމްދާނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ނިއުޔޯކް ސިޓީގެ ކައުންސިލް އިދާރާއިން ގެންދަނީ ތައްޔާރުވަމުންނެވެ. ދެ ގޮތަކަށް މި ރަސްމިއްޔާތު ބާއްވާނެއެވެ. މި ރަސްމިއްޔާތު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްލޯޒް ޑޯ ނުވަތަ ބަންދުކޮށް ސިއްރިއްޔާތުގައި ބާއްވާ ރަސްމިއްޔާތެއްގެ ގޮތުގައެވެ. ރަސްމިއްޔާތު ބާއްވަނީ ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައިވާ ކުރީގެ ގަދީމީ މެޓްރޯ ސްޓޭޝަންގައެވެ. ނިޔުޔޯކްގެ ޓައިމް ސްކެއަރ މިއީ 1904 ވަނައަހަރު ނިޔުޔޯކްގައި ހުޅުވައި 1945 ވަނައަހަރު ބަންދުކޮށްފައިވާ ތާރީޚީ ލޭންޑްމާކް އެކެވެ. ކުރީގެ ގަދީމީ ރޭލްވޭ ސްޓޭޝަނެކެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި މަމްދާނީއަށް މަގާމުގެ ހުވާލައިދެއްވާނީ ނިޔުޔޯކް ސިޓީގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް އެވެ. ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައި ސިއްރު ގޮތެއްގައި ބާއްވާ ރަސްމިއްޔާތަށްފަހު އާންމުކޮށް ހުޅުވާލައިގެން ހުވާކުރުމުގެ އިތުރު ރަސްމިއްޔާތެއް ބާއްވާނެއެވެ. މި ރަސްމިއްޔާތު ބާއްވާނީ ޕޮޕިއުލާ ސެލެބްރޭޝަން (އާންމުންގެ ބައިވެރިވުމާއެކު) ނިޔުޔޯކްގެ ބްރޯޑްވޭ ސްޓްރީޓް ގައެވެ. މި ރަސްމިއްޔާތުގައި ކޮންގްރެސްގެ މަޝްހޫރު ސެނެޓަރު ބާނީ ސެންޑާސް އާއި މަމްދާނީ އަށް ތާއީދުކުރާ އެމެރިކާގެ ސިޔާސީ ބޭފުޅުންނާއި އޭނާއަށް ތާއީދުކުރާ ނިޔުޔޯކްގެ އާންމު ރައްޔިތުން ބައިވެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ