އައްޑޫ ފޭދޫ ބަނދަރު އިތުރަށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއު ތާވަލަށް ވުރެ މާ ކުރިން ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެންބަރު 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އައްޑޫގެ އެންމެ ބިޒީ އެއް ބަނދަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ފޭދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ މަސައްކަތް ފަށާތާ 680 ދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން ބުނީ އެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް 300 ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ފަޅަށް 177 މީޓަރު އިތުރުކޮށް، 50 މީޓަރަށް ފުޅާ ކުރަން ހަމަޖެހިފައިވެ ވެ. އަދި 83،000 އަކަމީޓަރު ފުންކޮށް، 177 ސަރަޙައްދެއްގައި ކީވޯލް ޖަހައި، 516 މީޓަރު ސަރަޙައްދެއްގައި ހިލައިގެ ރިވެންޓްމަންޓު ޖެހުމުގެ އިތުރުން 2،460 އަކަމީޓަރު ސަރަހައްދެއްގައި ޕޭމަންޓު ހަދައި، މަގުބައްތި ވެސް ހަރު ކުރާނެ އެވެ.
ފޭދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ 771 މީޓަރު ދިގު 157 މީޓަރު ފުޅާ ބަނދަރެކެވެ.
ފޭދޫ ބަނދަރުގެ ތަރައްގީ މި އަހަރު ނިމޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ