ހަނިމާދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީއަށް މުވައްޒަފުން ހޯދަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް އޮފިސަރު ޓްރެއިނީން ހޯދަން އިއުލާންކޮށްފި އެެވެ.އެ އިއުލާނުގައި ވަނީ، އެވްސެކް ޓްރެއިނީންގެ މަގާމަށް 10 މީހުން ބޭނުންވާ ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.މިގޮތުން، އެ މަގާމަށް ކުރިމަތިލެވެނީ، 18 އަހަރުވެ، 35 އަހަރު ނުފުރޭ މީހުންނަށް ކަމަށްވާއިރު، އެ މީހެއްގެ ފަސް ފޫޓު ވެސް ހަމަވާން ޖެހެ އެވެ.މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7،670ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. ލިބޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ ފައިސާގެ ގޮތުގައި 160ރ. ލިބޭނެއެވެ. މީގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ދިވެހިން "ސީ" ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ