މިފްކޯ އިން އުފައްދައިގެން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި މޫސާ ރަމީޒުގެ އާއިލާއަށާއި ށ. އަތޮޅު ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ “ސިޔާސީ ފިކުރަށް ބެލުމެއް ނެތި ކައުންސިލްތަކާއެކު މަސައްކަތް ކުރަން ސަރުކާރު ތައްޔާރު” ރައްޔިތުންގެ ވިންދާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ. މި މަހުގެ އެއްވަނަ ދުވަހު އަތުލައިގެންފައި ވަނީ 2174 ގްރާމްގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިންބުނެއެވެ. އެތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަންނަ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ