ފެނަކަ އެމްޑީ ނަޖާހު ވަކިކޮށްފި

މީގެ އަހަރެއްހާ ދުވަސް ކުރިން ފެނަކަ ކުންފުނީގެ މޭނިޖިން ޑިރެކްޓަރު(އެމްޑީ)ގެ މަގާމަށް އައްޔަން ކުރި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކިކުރިކަން ހާމަކޮށްފައެވެ. ނަމަވެސް މި ކުއްލި ނިންމުން ނިންމީ ކޮން ސަބަބަކާހުރެ ކަން ހާމަކޮށްފައެއް ނުވެއެވެ.އެމްޑީކަމުގެ މަގާމަށް ނަޖާހު އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ނަޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ.އޭގެކުރިން އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ފުރަތަމަ ހުންނެވި މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ