ޔޫއޭއީގެ ސަފީރުކަމުން މުހައްމަދު ހުސެއިން ޝަރީފް ވަކިކޮށްފި

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ވަޒީރުން ފެންވަރުގައު ޔޫއޭއީގެ ސަފީރަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް މަގާމުން ވަކިކުރީި މިއަދު ހެނދުނުގެ ވަގުތެއްގައިކަން ވަނީ ކަށަވަރުވެފަ އެވެ. 
ތަފްސީލް - ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު އޭނާގެ ނަން ވަނީ އުނިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރި އެވެ. 
އޭނާ މަގާމުން ވަކިކުރީއިރު މުހައްމަދު ހުސެއިން ޝަރީފްގެ މަންމަ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ވާހަކަ ދައްކަވާ ފޯން ކޯލެއް ވަނީ އާންމުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ