އަސްމާގެ އޯޑިއޯއެއް ލީކުވެފައި ވަނިކޮށް ދަރިކަލުން މުންދު ސަފީރުކަމުން ވަކިކޮށްފި

ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެ މަގާމުން ވަކިކޮށްފި އެވެ.
މުންދު މަގާމުން ވަކިކޮށްފައި މިވަނީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. މުންދުއަކީ އަސްމާގެ ހަގު ދަރިކަލުންނެވެ.
މުންދު މަގާމުން ވަކިކޮށްފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޔޫއޭއީގެ ސަފީރުކަމަށް މުންދު އައްޔަންކުރެއްވީ 7 މެއި 2024 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ