ބަލި ގަބޫލުކުރައްްވާ ރައީސް ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް

މިއަދު ބޭއްވި އިންތިހާބުތަކުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށާއި ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑި އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ރައްޔިތުންގެ މެޖޯރިޓީ ލިބުނީ ސަރުކާރުން ކެމްޕޭނު ކުރި ގޮތާ ހިލާފަށެވެ.
ތަފްސީލް - ރައީސް މުއިއްޒު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ މިއަދު ބޭއްވި ތިން އިންތިހާބުގެ ނަތީޖާ ވެސް އިހުތިރާމާ އެކު ބަލައިގަންނަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރި ހުރިހާ ކެންޑިޑޭޓުންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲގެ ވާގިފުޅާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ހިޔާކު ހޯދުމުގެ ވޯޓުގައި ވޯޓުލީ މީހުންގެ %72 މީހުން ބުނެފައިވަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓު ދީފައިވަނީ %28 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ