ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓް އަޅަނީ

ޗައިނާގެ އެހީގައި މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް އަޅަން އެއްބަސްވުމެއް ހަދައިފި އެވެ.ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިން ޔުނިޓު ގާއިމުކުރުމަށްޓަކައި މަޝްވަރާކުރެވިފައި ވާކަމަށެވެ. އެެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠޮއާމެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއާމަން ލިޔު ޖުންފެންގް އެވެ.މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވީ އިންޓްރެސްޓަކާ ވެސް ނުލައި ދޭ އެހީގައި ކަމަށެވެ.ޗައިނާ އަކީ ރާއްޖެ އަށް އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ