ޖުވާ ކުޅުމުން 1 އަހަރާއި 4 އަހަރާ ދެމެދު ޖަލަށްލާ ގޮތަށް ބިލެއް

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. 
ވީކިހިނެއް؟ - ގާނޫނުއްއުގޫބާތަށް މި އިސްލާހު ގެންނަންް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ 10 ޑިސެމްބަރުގައި ވިދާޅުވި އެވެ. 
މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ތަފްސީލް - ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލުގައި އޮންނަނީ:
ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭ ތަނެއް ހިންގުން ޖިނާއީ ކުށެއް ކަމަށް
އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް
އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުން
އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށް ލުން 
އެނގުން މުހިންމު - ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި މިހާރު ނުހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ