އުރީދޫން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 13 ވަނަ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
ވީ ކިހިނެއް؟ - މި ކެމްޕެއިންގެ 13 ވަނަ ނަސީބުވެރިއަކީ ސ. ހިތަދުއަށް އުފަން އައިޝަތު މުހައްމަދު ދީދީ އެވެ. އައިޝަތަށް މި ލަކީޑްރޯގައި ލިބުނީ އުމްރާ ދަތުރެކެވެ.
ތަފްސީލް - އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދޭ ކެމްޕެއިނެކެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދޭނެ
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒަކީ 2 މީހަކަށް ހައްޖު ދަތުރެއް
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
އުރީދޫ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250ރ.އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ
އުރީދޫން ދޭ 13 ވަނަ އުމްރާ ދަތުރު ހިތަދުއަށް އުފަން އައިޝަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ