އިގިރޭސީން ޗާގޯސް ދޫކޮށްލުމަކީ މޮޔަކަމެއް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމުން ޗާގޯހުގެ އަޑު އަނެއްކާވެސް ރާއްޖޭގައި ގަދަވެ ގެންފިއެވެ. ޗާގޯހުގެ ސިޔާދަތީ ބާރު އޮތުން އެންމެ ހައްގީ ޗާގޯހުން ބޭރުކޮށްލާފައިވާ އެތާނގެ ވަޒަންވެރިންނަށްތޯ މޮރިޝަންއަށްތޯ ރާއްޖެއަށްތޯ އިނގިރޭސި ވިލާތަށްތޯ އެއްޔަކީ މިހާރަކު އޮތް ސުވާލެއް ނޫނެވެ. ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީބާރު ހިނގާ ތަނެކެވެ.
އަމްދުން ޗާގޯހުގެ ސިޔާދަތީބާރު އޮންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ވާހަކަ ދައްކާނެ ޖާގައެއް މިހާރަކު ނެތެވެ. އެ ވާހަކަ ބާރަށް ދެއްކެން އޮތްދުވަހު ރާއްޖޭން އެ ވާހަކައެއް ނުދައްކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިރަކު ރާއްޖޭން ނުދެއްކީ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ރާއްޖެއަށް ގަބޫލުކުރެވިފައި ނެތުމުންނެވެ.
ޒަމާނުއްސުރެ ރާއްޖެއިން ބައިނަލްއަގުވާމީ ފެންވަރުގައި ޗާގޯހާ ގުޅުންހުރި ބަހުސަކަށް ކުރިއްޔާ ކުރި ބަހުސަކީ ފޯޅަވަހި ކަނޑުގެ މައްސަލައިގެ ބަހުސެވެ. އެއްވެސް އިރަކު ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ނުވަތަ ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަން ޖެހޭނެ ކަމަކަށް ރާއްޖޭން ވަކާލާތެއް ނުކުރެއެވެ. އޭގެ ހެއްކަކީ ޗާގޯހުގެ ސިޔާދަތީބާރު ހޯދަން ޗާގޯހާ މާދުރުގައި އޮތް މޮރިޝަސްއިން ހުއްޓާނުލާ ބައިނަލްއަގުވަމީ ގޮތުން މަސައްކަތް ކުރަމުން ދިޔައިރު އެކަމާ ރާއްޖޭން އަޅާ ކަހާވެސް ނުލާ އޮތް އޮތުމެވެ.
ޗާގޯހުގެ ސިޔާދަތީބާރު ހޯދަން އދ އަށް މޮރިޝަސް އިން ހުށަހަޅައިގެން އެތައް އަހަރެއް ވަންދެން އެތައް މަސައްކަތެއް ކުރަމުން ދާކަން އެނގިހުރެ ރާއްޖޭން އެކަމާ އެއްވެސް ކަމެއް ނުކުރެއެވެ. މޮރިޝްސް އިން އދ އަށް ރަސްމީކޮށް މައްސަލަ ހުށަހަޅާ ދުނިޔޭގެ ކޯޓުގައި އިސްތިޝާރީ ލަފާއާއި ގުޅުން ހުރި ކަންކަން ހިންގާ ދުނިޔޭގެ ގައުމުތަކުގެ ތާއީދު ހޯދަން މޮރިޝަހުން އެންމެ ބޮޑަށް މަސައްކަތްކުރި ދުވަސްވަރު ރާއްޖޭގެ ވެރިކަމުގައި އޮތީ ރައީސް ޔާމީނުގެ ޕީޕީއެމް ސަރުކާރެވެ. ޗާގޯހުގެ ސިޔާތީބާރު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ރާއްޖޭން ގަބޫލު ކުރާނަމަ މޮރިޝަސް އެ ކުރިގޮތަށް ރާއްޖެއަށްވެސް މަސައްކަތް ކުރެވެން އޭރު އޮތެވެ. އެހެނެއް ކަމަކު ޗާގޯސް ހޯދަން އެއްކަމެއް ނުކޮށް އޮތީ ރާއްޖެއަށް އެ ހައްއގު އޮތްކަމަށް ރައީސް ޔާމީނަށް ވެސް ޕީޕީއެމަށް ވެސް ގަބޫލު ނުކުރެވޭތީއެވެ.
2019 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގައި ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަންސްއަށް ދޭން ފެނޭތޯ ވޯޓު ނެގުމާ ހަމައަށް އައިރު 2018 ގެ ނޮވެންބަރުގައި ވެރިކަމަށް އައި އެމްޑީޕީއަށް ވަކި ގޮތަކަށް ވޯޓު ދިނުން ފިޔަވާ ކުރެވޭނެ ކަމެއް ނެތެވެ. އެހާ ހިސާބުގައި އެކަމަށް ކަމެއް ކުރެވުނީހީ ޔާމީނު ވެރިކަމުގައި މައްސަލަ ހުށަހަޅާ މަސައްކަތްތަކެއް ކޮށްފައި އޮތްނަމަތާއެވެ. ކުރެވެން އޮތް އިރުނުކޮށް ރާއްޖެ އޮތީ ހަނެވެ. ދުނިޔޭގެ ކޯޓުން އިޝްތިޝާރީ ލަފައެއް ހޯދާ އދ ޢާންމު މަޖިލީހުގެ ރުންހުން ހޯދި އިރުވެސް ރާއްޖެއިން ކުކުރާވެސް ނުލައެވެ.
އެހެން ކަމުން ޗާގޯސް ހޯދަން އެންމެ ފަހުން އެންމެ ބޮޑަށް ފުރުސަތު ލިބިވަޑައިގަތީ ރައީސް ޔާމީނަށެވެ. އެކަމަކު ޔާމީނު ސަރުކާރު ވެސް އޮތީ މޮރިޝަސްއަށް ޗާގޯހުގެ ސިޔާދާތީބާރު ދޭގޮތަށެވެ. އެކަން ކަށަވަރު ވަނީ ރައީސް ސޯލިހު ވެރިކަމުގައި 2019 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގައި މޮރިޝަސް އާދެކޮޅަށް ރާއްޖޭން ވޯޓު ދިންދިނުން ރައީސް ޔާމީނު އިސްވެ ހުންނަވާ ޕީޕީއެމުން ކުއްވެރި ކުރުމުންނެވެ. ޕީޕީއެމް ޔާމީނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭން ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ދެކޮލު ހެދުމަކީ އެމްޑީޕީ ސަރުކާރުން އަޅުވެތިކަމަށް ދިން ހިއްވަރެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. ޗާގޯހުގެ ސިޔާދަތީބަރު މޮރިޝަސްއަށް ދުނުމަށް ރާއްޖޭން ދެކޮޅުހަދާ އދ ގައި ވޯޓު ދިނުމުން 24 މޭ 2019 ގައި ޕީޕީއެމުން ނެރުނު ބަޔާނުގައި މޮރިޝަސްގެ ކިބައިން ރާއްޖޭން މާފަށް އެދެންވެސް ރައީސް ސޯލިހު ސަރުކާރަށް ގޮވާލާފައިވެއެވެ.
ފަހުން މުޅި ވާހަކަ އަނެއް ކޮޅަށް ޖައްސަވައިގެން ޔާމީނާއި މުއިއްޒު ދައްކަވާ ވާހަކައަކީ ޗާގޯސްގެ ސިޔާދަތީބާރު ލިބުމުން ފޯޅަވަހީ އަސްކަރީ ބޭހުން މޮރިޝަސްއަށް ލިބޭ ފައިސާގެ ދަހިވެތިކަމުގައި ދައްކަވާ ވާހަކައެކެވެ. ޖިއޮގްރަފީ ގޮތުންނާއި އެއްގޮތް ކަންތައްތަކެއް ހުރެފައި އިރެއްގައި ދިވެހިން ހިސާބަކަށް ގޮސް އުޅެފައި ހުއްޓަސް ޗާގޯހަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއް ކަމަކަށް ހުދު ޔާމީނާއި މުއިއްޒުވެސް ގަބޫލެއް ނުކުރައްވައެވެ.
ޗާގޯސް ގެއްލުނީ ޔާމީނުމެންގެ އިހުމާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ