ރ. މަޑުއްވަރީގެ އާ އިންޖީނުގެ، ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.
މަޑުއްވަރީ އާ އިންޖީނުގެ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. ޖުމްލަ 6 މިލިއަން ރުފިޔާ ހަރަދުވި އެޕްރޮޖެކްޓުގައި 538 ކިލޯމީޓަރުގެ ތިން ޖަނެރޭޓަރު އެރަށުގައި ބަހައްޓާފައިވެއެވެ. އެއާ އެކު އެ އިންޖީނުގައި އާ ޑިސްޓްރިބިއުޝަން ޔުނިޓަކާއި ތެޔޮ ރައްކާ ކުރާނެ ފެސިލިޓީއެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ފެނަކާއިން ބުނި ގޮތުގައި އެ އިންޖީނުގެ އަކީ ސަރުކާރުގެ "24 ގަޑިިރު ކަރަންޓު ޔަގީން" ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށުގެ ހުރިހާ ބޭނުންތަކެއް ފުއްދޭ ވަރަށް ހުއްޓުމެއް ނެތި ކަރަންޓު ލިބޭ ގޮތަށް ޒަމާނީ ފެންވަރަށް ހަދާފައިވާ އިންޖީނުގެއެއް ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޑުއްވަރީގައި 24 ގަޑި އިރު ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެއެއް ގާއިމް ކުރެވުމަކީ އެރަށުގެ ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި އެ އިންޖީނުގެއަކީ ފެނަކައިގެ ދަށުން ހިންގާ ތަނެއް ކަމުގައިވީ ނަމަވެސް އެ އިންޖީނުގެއަކީ ރައްޔިތުންގެ ތަނެއް ކަމަށާއި އެ އިންޖީނުގެ ސަބަބުން ފައިދާ ވާނީ ވަކި ފިކުރެއްގެ ވަކި ބަޔަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޑުއްވަރީއަށް 24 ގަޑިއިރު ކަރަންޓް ދޭން އާ އިންޖީނުގެއެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ