ޖޫން މަހާ ހަމައަށް މަސްވެރިންނަށް 1.1 ބިލިއަން ރުފިޔާ ދޫކޮށްފި

މިހިނގާ ޖޫންމަހާއި ހަމައަށް ދިވެހި މަސްވެރިން ބާނާ މަހަށް 1.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި ވާހަކަދައްކަވުމް ޝިޔާމް ވިދާޅުވީ، ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 1،175،803،626.60 (އެއް ބިލިއަން އެއް ލައްކަ ހަތްދިހަ ފަސް މިލިއަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަށް އަރާކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީހުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް މިހާ ގިނަ އަދަދެއްގެ ފައިސާ ދޫކުރި ފުރަތަމަ ފަހަރެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ނިޒާމުގެ ދަށުން ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފްސީލުތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދަނީ އާންމުކުރަމުންނެވެ.
މި ސަރުކާރު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަން ސަރުކާރުން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން ނުދައްކާހުރި ފައިސާ ދޫކުރުމާއި، އެފައިސާ ނުދެއްކި އެއާއިއެކު ދިމާވި ބެކްލޮގް ކްލިއަރ ކުރުމަކީ ރައީސް މުއިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވި ކަމެއް ކަމަށެވެ.
"ބެކްލޮގް ކްލިއަރކުރުމަށް ޚާއްސަ އިސްކަމެއް ދެއްވި. މިއީ ރައީސް ވަރަށް ބޮޑު އިސްކަމެއްދެއްވާ މަސައްކަތެއް." މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ