ދެ މީހަކަށް ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ، އެޗްޑީއެފްސީގެ "ރޯދައަށް ރީތި" ޕްރޮމޯޝަން ފަށައިފި

ދެ މީހަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، މެލޭޝިއާގެ ދެކޮޅު ޓިކެޓު ވެސް ދެ މީހަކަށް ލިބޭ، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ "ރޯދައަށް ރީތި" ޕްރޮމޯޝަން ފަށައިފިއެވެ. އަންނަ މާރިޗު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވާން އެދޭ ނަމަ ޖެހޭނީ އެޗްޑީއެފްސީ ލައިޓް ފައިނޭންސިން ފެސިލިޓީއެއް ނަގާށެވެ. އެޗްޑީއެފްސީގެ ލައިޓް ފައިނޭންސިން ފެސިލިޓީއަކީ ގޭތެރެ ޒީނަތްތެރިކުރުމަށާއި މަރާމާތުކުރުމުގެ އިތުރުން ގެއަށް ބޭނުންވާ ހިފާ ގެންގުޅޭ ތަކެއްޗާއި އެކިކަހަލަ ސާމާނު ގަތުމަށް އެ ކޯޕަރޭޝަނުން ދޫކުރާ އެންމެ ފަސޭހައިން އަދި އަވަހަށް ނެގޭ ފެސިލިޓީއެވެ. ބައިލައްކަ ރުފިޔާއިން ބައި މިލިއަން ރުފިޔާއާ ހަމައަށް ނެގޭ މި ފެސިލިޓީ ނެގޭނީ އެންމެ ގިނަވެގެން ފަސް އަހަރުގެ ތެރޭ ދައްކާ ގޮތަށެވެ. ކަސްޓަމަރުންނަށް މި ފެސިލިޓީއަށް އެޗްޑީއެފްސީގެ ޕޯޓަލުން ފަސޭހަކަމާ އެކު ހުށަހަޅާ އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ މިންވަރު ވެސް ބަލާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އެޗްޑީއެފްސީން ބުނީ، ލައިޓް ފައިނޭންސިން ފެސިލިޓީ ނަގާ ކަސްޓަމަރުންނަށް "ރޯދައަށް ރީތި" ޕްރޮމޯޝަންގެ ދަށުން ނަގާ ގުރުއަތުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން، އެއްވަނައަށް ދާ ފަރާތަކަށް ދެ ރޭ ރިސޯޓެއްގައި ހޭދަކުރަން ފުރުސަތު ލިބޭއިރު، ދެވަނައަށް ދާ ފަރާތަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓު، އަދި ތިންވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ