އިންޑިޔާ ރައްޔިތުން ކެނެޑާގައި އުޅޭއިރު ސަމާލުވުމަށް އިންޑިއާ ސަރުކާރުން އިލްތިމާސް ކޮށްފި

ކެނެޑާ އާއި އިންޑިޔާގެ ދެމެދުގައި އުފެދިފައިވާ
ހަމަނުޖެހުން ތަކުގެ ތެރެއިން، އިންޑިޔާގެ ރައްޔިތުން ކެނެޑާއަށް ދަތުރުކުރުމުގައި
ސަމާލުވުމަށް އެޤައުމުގެ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.
ކެނެޑާ އާއި އިންޑިޔާއާއި ދެމެދު
އުފެދިފައިވާ މިވާ ހަމަނުޖެހުން ތަކަކީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް
ސިންހް ނިއްޖާރު ގެ މަރުގެ ފަހަތުގައި އިންޑިޔާގެ އަތެއް ވާ ކަމަށް ކެނެޑާގެ
ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.
ހަރްދީޕް ސިންހް ނިއްޖާރަކީ ސިޚުންގެ
ބާރު ހިންގާ ވަކި ދައުލަތެއް އުފެއްދުމަށް ގޮވާލައި ހިންގާ ހަރަކާތުގެ އިސް
ލީޑަރެކެވެ.
Advertisement
އެ ހަރަކާތްތަކުގެ ސަބަބުން އެ އެކްޓިވިސްޓުންނާއި
ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިޔާ ސަރުކާރުން ކެނެޑާއަށް ބާރުއަޅަމުން ދިޔަ
ނަމަވެސް ކެނެޑާއިން އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ
ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ. ނިއްޖާރު މަރާލި އިރު
އޭގެ އެތައް ދުވަހެއް ކުރިން އިންޑިޔާ އިން ވަނީ ނިއްޖާރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފައެވެ.
ކެނެޑާއިން
ކުރި ތުހުމަތު ތަކާއި އެކު އިންޑިޔާއިން ވަނީ އެޤައުމުގައި ހުރި ކެނެޑާގެ ޑިޕްލޮމޭޓް
އިންޑިޔާއިން ބޭރުކޮށްލައިފައެވެ.  ހަމައެއާއި ގުޅިގެން ކެނެޑާއިންވެސް ވަނީ
ކެނެޑާގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމެޓަކު އެޤައުމުން ފޮނުވައިލައިފައެވެ.
އިންޑިޔާގެ
ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފައިވަނީ ކެނެޑާގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނަށް
އަމާޒުކޮށް ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާތީ އެރައްޔިތުންގެ ސަލާމަތާއި
މެދު ކަންބޮޑު ވާކަމަށެވެ.
"ޑިޕްލޮމޮޓުންނަށް
އަމާޒުކޮށް އިންޒާރުތައް ވަނީ ދީފައި، އަދި އެންޓި އިންޑިޔާ އެޖެންޑާ އާއި ދެކޮޅު
އިންޑިޔާގެ ރައްޔިތުންނަށްވެސް ވަނީ އަމާޒު ކުރެވިފައި، އެހެންކަމުން ކެނެޑާގައި
ދިރިއުޅެމުންދާ އިންޑިޔާގެ ރައްޔިތުންނަށް އިލްތިމާސް ކުރަނީ ކެނެޑާގެ ތެރޭގައި ކޮންމެހެން
ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ޚާއްސަކޮށް ނުރައްކަލެއް އޮތް ކަމަށް
ލަފާކުރެވޭ ސަރަހައްދުތައްކަށް ދަތުރު ނުކުރުމަށް" އިންޑިޔާގެ ފޮރިން
މިނިސްޓްރީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ