މި ފުރުސަތުގައި މާފުށީގެ ތިން ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޕާޓީން މިއަދު ބުންޏެވެ. އެ ފަރާތްތަކުގެ ގާނޫނޫ ރެކޯޑްތައް މިއަދު ޕާޓީއަށް ހުށަހަޅަން އަންގާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ގޮނޑިއަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޑީޓީ) ގެ ޓިކެޓަށް މާފުށީ ޒުވާނުންތަކެއް ވާދަކުރަން ނިންމައިފި އެވެ.
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނެވި އެމްޑީޓީން ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާން އެދޭ މެންބަރުންނަށް އިއްޔެވެ ނިޔަލަށް ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތުގައި މާފުށީގެ ތިން ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޕާޓީން މިއަދު ބުންޏެވެ. އެ ފަރާތްތަކުގެ ގާނޫނޫ ރެކޯޑްތައް މިއަދު ޕާޓީއަށް ހުށަހަޅަން އަންގާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.މިފަހަރު ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގައި ދެން ހިމެނޭ މާފުށީ ޒުވާނުން ކުރިމަތިލާތީ އެ ޕާޓީން ވަނީ އެކަމަށް ހިތްވަރުދީ "މިއީ މާފުށީ ފަހަރު" ކަމަށް ބުނެފަ އެވެ.ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ކެންސަރު ބަލީގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީ އިން ވެސް މި އިންތިހާބުގައި ވާދަކުރާނެ އެވެ. އެމްޑީޕީގެ ޓިކެޓް ލިބިފައި ވަނީ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓް ދިނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގުރައިދޫ ދާއިރާގެ އެމްޓީޑީ ޓިކެޓް މާފުއްޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ