އައްޑޫގައި ބޭބެ މަރާލި މީހާ ހައްޔަރު ކޮށްފި

އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހާ ހައްޔަރުކޮށްފިއެވެ. "ސަން"އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ހުސައިން ފަވާދެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރަދޫފޭދޫގައި 27 އަހަރުގެ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އައްޑޫގައި ރޭ ހިނގި މި ހާދިސާއާ ގުޅިގެން "ސަން"އަށް އެނގިފައިވާ ގޮތުގައި ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ އަޙްމަދު ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ، ހަމަލާދިނީ ގޭ ތެރޭގައި ނަމަވެސް ބޭބެ މަރުވެގެން ވެއްޓުނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮންނަ ދުވާރު މައްޗަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ