ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު، ހެންވޭރު ދަނޑު ކުޑަކުދިންނަށް ހާއްސަ!

ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ހެންވޭރު ދަނޑު ހުޅުވާލުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ނިންމައިފި އެވެ. ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:30 އިން 6:00 އަށް ހެންވޭރު ދަނޑު، ކުޑަކުދިންނަށް ހުޅުވާލާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެ އެވެ. ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ހުސައިން އަމީން "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ހެންވޭރު ދަނޑުގައި ކުޑަކުދިން ބޭނުންވާ ފަދަ ކުޅިވަރުތައް ކުޅުމަށް ބޭނުން ކުރެވޭނެ ކަމަށެވެ. "ކުޑަކުދިން ވީމާ، ދަނޑަށް ގެއްލުން ވާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ހެންވޭރު ދަނޑު ކުޑަކުދިންނަށް ހުޅުވާލުމަށް ނިންމީ، ބްރިޖް އެޅުމަށް އުސްފަސްގަނޑު ބަންދު ކުރުމާ ގުޅިގެން ހެންވޭރުގައި ކުޑަކުދިންނަށް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިތުރު ތަނެއް ނެތުމުން،" އޭނާ ވިދާޅުވި އެވެ. ހުޅުލެއާ މާލެއާ ދެމެދު އަޅަމުން އަންނަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރުމަށް އުސްފަސްގަނޑު ސަރަހައްދު ވަނީ ބަންދުކުރެވި އެވެ. އުސްފަސްގަނޑު ސަރަހައްދަކީ ކޮންމެ އަހަރެއްގެ ރޯދަ މަހަކު ގިނަ އަދަދެއްގެ ކުޑަކުދިން ޖަމާވާ ސަރަހައްދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ