މަޖިލީހުގެ މެމްބަރުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުއްވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްބާރުލުން ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ކަނޑައަޅައިފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ދާއިރާއާ ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ އެއްބާރުލުން ދެއްވުމަށް ވުޒާރާއަކުން މަންދޫބެއް ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށެެވެ. އަދި އެ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުއްވުމަށް ޚާއްޞަ
މަންދޫބެއް ކަނޑައަޅާފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވި މަޖިލީހުގެ މެންބަރުންގެ ޚިދުމަތުގައި ހުންނަވާނީ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އުސްތާޛު ޔާސީން ނަޢީމްކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށްވާތީ، އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެކަމަށެވެ. އަދި ޕާޓީތައް ތަފާތުކުރުމެއް ނެތި ހުރިހާ މެންބަރުންނަށްވެސް ޚިދުމަތް ދެއްވާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ