ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ލުއި ދޭން ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަަލޮގަން ފުރަތަމަ ހާފުގައި އެމެރިކާ އަށް ލީޑުނަަގައިދިންއިރު، ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބުނެ، ރަތް ކާޑެއް ދެއްކި އެވެ. ބަލޮގަން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައިން އެރުނީ މުހަރެމޮވިޗްގެ ފައި މައްޗަށެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ބަލޮގަން އަށް ދެއްކި މި ރަތް ކާޑާ އެކު، އޭނާ އަށް އެއް މެޗުގެ ސަސްޕެންޝަނަށް އަންނާނެ އެވެ. އެހެންވެ، ގަވާއިދު ބުނާގޮތުން، އެމެރިކާ އިން ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ކުޅޭ މެޗުގައި ބަލޮގަން އަށް ގެއްލޭނެ ކަމަށް ބެލެވުނެވެ.
ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފަލޮރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދީ، ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ފީފާއިން ދީފި. ފީފާ ޑިސިޕްލިނަރީ ކޮމިޓީން މިގޮތަށް ނިންމީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމަށްފަހު، އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އަދަބު ތަންފީޒުކުރާ ގޮތަށް
އެކަމަކު، ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަނާ އެއްގޮތަށް ބަލޮަގަން، އަދަބު ތަންފީޒުކުރާނީ، އެ ފަދަ ފައުލެއް ތަކުރާރުކޮށްފިނަމަ އެވެ.
ފީފާގެ މި ނިންމުމާ ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޓްރަމްޕް ވިދާޅުވީ، މި ނިންމުން މި ގޮތަށް އައުމުން ވަރަށް ބޮޑަށް ހިތްހަަމަޖެހޭ ކަމަށެވެ.
"ޝުކުރިއްޔާ ފީފާ އަށް މި ނިންމުން ބަދަލުކޮށްދިނީތީ. ބަލޮގަން އަށް ވަރަށް ބޮޑު ނާއިންސާފު ނިންމުމެއް ތި ބަދަލުކޮށްދިނީ،" ފީފާ އިން މިދިޔަ ޑިސެމްބަރު މަހު، ފީފާ އިން ފުރަތަމަ ފަހަރަށް ދިން ޕީސް އެވޯޑް ލިބުނު ޓްރަމްޕް ވިދާޅުވި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖެހި ބަލޮގަން އަކީ އެމެރިކާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެކެވެ. ބަލޮގަން އަށް ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެވުމަކީ އެމެރިކާ އަށް ލިބުނު ބޮޑު ހިތްހަަމަޖެހުމެއް ކަމަށް އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ޔޫއެސް ސޮކާ އިން ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން، ގަދަ 16 ބުރުގައި އެމެރިކާއާ ދެކޮޅަށް ކުޅޭ ބެލްޖިއަމްގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަލޮގަން އަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ދޭން ފީފާ އިން އަމަލުކޮށްފައިވާ ގޮތުން ހައިރާންކަން ލިބިފައިވާ ކަމަށެވެ.
ބަލޮގަންގެ ރަތް ކާޑަށް ލުއި ދިނުމުން ޓްރަމްޕްގެ ޝުކުރު ފީފާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ