ހުޅުމާލޭގައި ކަފިހި ހުރަސް މަތީ ހުރި މީހެއް ގައިގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގާފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގު އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަމަށެވެ.
މި އެކްސިޑެންޓުގައި ކަފިހި ހުރަހުން ހުރަސް ކުރި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި އެ މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
މަގު ހުރަސްކުރި މީހެއް ގައިގައި ސައިކަލަކުން ޖެހުނު މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ