ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއެންޔޫން ބާއްވާ ވަޒީފާގެ ފެސްޓިވަލްގައި ބައިވެރިވެއްޖެ

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ބާއްވާ 'އެމްއެންޔޫ ފަހި ފުރުސަތު' ޖޮބް ފެސްޓިވަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގެ މައި އިމާރާތުގެ ތިންވަނަ ފަންގިފިލާގައި މިއަދު ފަށާ މި ފެސްޓިވަލް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 10އަށް ކުރިއަށްދާނެ އެވެ.
ތަފްސީލް - ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ ކުރިއަރާފައިވާ އެއް މުއައްސަސާގެ ހައިސިއްޔަތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މި ފެސްޓިވަލުގައި ބައިވެރިވަނީ ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ މާހިރުންނާއި ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ބޮޑު ހަރަކާތުގެ ތެރެއިންނެވެ.
މިއީ ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ހުރި ފުރުސަތުތައް ދެނެގަތުމަށާއި މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މި ފެސްޓިވަލްގެ ތެރޭގައި ޝައުގުވެރި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން:
ސިއްހީ އަދި އިދާރީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް މަޝްވަރާކުރެވޭނެ 
ހޮސްޕިޓަލުގައި ހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ލިބޭނެ
ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ މުވައްޒަފުން މި ފެސްޓިވަލުގައި ތިބޭނެ؛ އެ ބޭފުޅުން ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް ސިއްޙީ ދާއިރާގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ