ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ތިން މަސް ތެރޭގައި ވަކިކުރަން ޕީސީބީން އަންގާފައިވާ އެންގުމާ ހަވާލާދީ އުތުރުގެ ރަށަަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ މީހަކު ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއިން ވަކިވާން އަންގައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ ރަށު އޮފީހުގައި ވަޒީފާ އަދާކުރަމުންދިޔަ އެ މުވައްޒަފު ވަޒީފާއިން ވަކިވާން އެންގީ ފެނަކަ މާލެ އޮފީހުން ވަޒީފާ ހަމަޖައްސައިދޭން އެދުމުންނެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
އެ މުވައްޒަފު މާލެ ފެނަކަ އޮފީހަށް ބަދަލުވާން އެދުނީ ރަށު ތެރޭގައި އެ މުވައްޒަފަށް ދިމާވަމުންދިޔަ ބުލީގެ މައްސަލަތަކާ ގުޅިގެން ނަފްސާނީ ހާލަތު ގޯސްވާން ފެށުމުން އާއިލާ މާލެ ބަދަލުވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް އެކަމާ ގުޅިގެން ފެނަކައިން މުވައްޒަފަށް އަންގާފައިވަނީ ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމަށެވެ. ސަބަބެއް ގޮތުގައި ބުނެފައިވަނީ މާލެ އޮފީހުގައި ޖާގަ ނެތުމެވެ.
ފެނަކައިގެ މި ނިންމުމާ ގުޅިގެން އެ އާއިލާއިން ކަންބޮޑުވުން އޮތް ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެއިތުރުން މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފެނަކައަށް ފާޑުކިޔަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލަތުކުރައްވާ އިފްހާމް ހުސައިން ވިދާޅުވީ ސިޔާސީ ބޭނުމަށް އެތައް ހާސް މުވައްޒަފުންނެއް ފެނަކައަށް ނަމުންދާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖާގަ ނެތިގެން ވަޒީފާ ބަދަލުކޮށް ނުދެވޭނެ ކަމަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަށެވެ.
އެސްއޯއީތަކުން 33 ޕަސަންޓު މުވައްޒަފުން ވަކިކުރަން އަންގާފައިވާ އެންގުން ތަންފީޒުކުރުމުގެ ގޮތުން އެކި ކުންފުނިތަކުން މުވައްޒަފުން ދަނީ ކަނޑަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު މަދުނުކޮށް ހަރަދުކުޑަކުރަން އާދައިގެ މުވައްޒަފުން ވަކިކުރާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ. އެ ޕާޓީން ދަނީ ނުހައްގުން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ނުކުޅުންތެރިކަން ހުންނަ މީހަކު ފެނަކައިގެ ވަޒީފާއިން ވަކިވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ