އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރަން ކުައްޔަށް ދޭން ބީލަން ހުޅުވާލާފައި ވަނިކޮށް އެތަން މުހައްމަދު މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ އިހުތިސާސުން އިއްޔެ ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން މުއިއްޒު ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ހުޅުވާލީ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ސަވާހެލީގައި ގެސްޓްހައުސް ތަރައްގީކުރުމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ބިޑު ހުށަހެޅުމަށެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ކައުންސިލުން ސަވާހެލި ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލުމުން އައްޑޫގެ އިހްތިސާސުން އެތަން ވަކިކުރުމަކީ، އައްޑޫގެ ރައްޔިތުންނަށާއި ފޭދޫ ޓޫރިޒަމް ޒޯނުގެ ކުރިއެރުމަށް ހުރަސްއެޅުމަށް ހިންގި ސިޔާސީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
އައްޑޫ ސިޓީ ފޭދޫ ކައުންސިލަރު އިސްމާއިލް ސައީދު ވިދާޅުވީ ސަވާހެލި ކައުންސިލުން ބީލަމަށްލީ އެތަނުގައި ވަޒީފާގެ ފުރުސަތުތައް އުފައްދައި، ފަތުރުވެރިކަން ކުރިއަރުވައި، އައްޑޫގެ ގެސްޓްހައުސްތަކާއި، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް ސަވާހެލި އައްޑޫ ސިޓީގެ އިހްތިސާސްގެ ދަށުން ނެގުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އައިބީ ވިދާޅުވީ ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަކީ ރާ ބޮއިގެން އެމީހުން ބޭނުންވާ އެކަހަލަ ވަސީލަތްތައް އެތަނެއްގައި ހުރުން ކަމަށްވާއިރު، ޕްރައިވެޓް ތަނެއް ގޮތުގައި ސަވާހިލި ތަރައްގީކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށް.
އޭނާ ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައި ސެންޓްރަލައިޒް ކުރަން މަސައްކަތްކުރަމުންދާ ކަމަށާއި ރައްޔިތުން އިންތިހާބުކޮށްފައި ތިބި މަންދޫބުން ނިންމާ ނިންމުންތަކަށް ގަދަ ބާރުން ނުފޫޒު ފޯރުވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ފޭދޫ ޓޫރިޒަމް ޒޯންގެ ތަރައްގީއަށް ސަވާހެލި ތަރައްގީކުރުމަށް ކައުންސިލުން ކުރިން ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެތަން އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ތެރޭގައި ހިމަނާފަ އެވެ.
ސަވާހިލީގައި ރާ ވިއްކަން މަގުފަހިކުރަން ފޭދޫއާ ވަކިކުރުމަކީ އޭނާ ގެންގުޅުއްވާ ވިސްނުމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ކުރިން ވިދާޅުވެފައިވެ އެވެ.
"ގެސްޓުން ދާކަށް ނުޖެހޭނެ އެހާ ދުރަށް ރާ ނުބޮވިގެން. އާންމުކޮށް އަހަރުމެން ގަބޫލުކުރާ ގޮތުގައި ޔޫރަޕް މީހުންނަށް ބޭނުންވާނެ. ދެން އަހަރުމެން ދެން ބުނާނީ އެމީހުން އަންނާނެއޭ އެއްޗެއް ނުލިބުނަސް. ރަނގަޅު އެއްޗެއް ނުލިބުނަސް އެމީހުން އަންނާނެ. އެކަމަކު އެމީހުންގެ އުފާވެރި ދިރިއުޅުމަކީ އެމީހުން އުޅޭއިރު މި ވަސީލަތްތައް،" އައިބީ ކުރިން ވިދާޅުވި އެވެ.
"އެހެންވީމަ ގާނޫނު އޮންނަ ގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ. އެގޮތަށް ބަލާއިރު ސާވިހިލިއަކީ ރަށާ ގުޅިފައި އޮތް ތަނެއް ނޫން. ވަކިން އޮތްތަނެއް. ހުޅުދޫ ކޮޅުގައި ހެރެތެރެ ވެސް އޮންނަނީތާ. ހަމަ ބްރިޖަކުން ދެވޭތާ."
މީގެ އިތުރުން އައިބީ އޭރު ވިދާޅުވީ ސަވާހިލި އާއި އެ ރަށް ކައިރީގައި އޮންނަ ކަފަތަޅާ ގުޅުވާލައިގެން، ބީޗު ހަދައިގެން ރިސޯޓެއް ގޮތުގައި ވެސް ތަރައްގީ ކުރެވިދާނެ ކަމަށެވެ.
އައްޑޫ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައި ވަނިކޮށް ސަރުކާރަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ