ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނިޔާޒު ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން އަހުމަދު ނިޔާޒު މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން އިއުލާން ކުރި ނަމަވެސް ވަކިކުރި ސަބަބެއް ނުބުނެ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނިޔާޒު އައްޔަންކުރީ ނޮވެމްބަރު 2023 ގައެވެ. އޭރު އޭނާއަކީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
އިނގިރޭސި ވިލާތުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ހައްދަވާފައިވާ ނިޔާޒު މީގެ ކުރީން ވަނީ އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަންވެސް ކުރައްވައިފަ އެވެ.
އޭގެ އިތުރުން އޭނާ ވަނީ އެމްޓީސީސީގެ ޗެއާމަންކަމާއި އެސްޓީއޯގެ ޗެއާމަންކަމުގެ އިތުރުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ