އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނިޔާޒު ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ނިޔާޒު މިއަދު ވަކިކޮށްފި އެވެ. 
އެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. އެ މަގާމަށް ނިޔާޒު އައްޔަނުކޮށްފައިވަނީ ނޮވެމްބަރު 30، 2023، ގަ އެވެ. އެ މަގާމުން ނިޔާޒު ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ ނޮވެމްބަރު ފަހެއް، 2007 ގަ އެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. އޭގެއިތުރުން، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަސިޓީގެ އިންސްޓިޓިއުޓް އޮފް ޑިރެކްޓާޝިޕުން އޭނާ ވަނީ ޑިޕްލޮމާ އިން ޑިރެކްޓާޝިޕް ފުރިހަމަކުރައްވާފަ އެވެ.
ކޯޕަރޭޓް ދާއިރާއަށް ވަނުމުގެ ކުރިން ނިޔާޒު ވަނީ ތައުލީމީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން، ސުކޫލް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، އަތޮޅުތެރޭގެ ގިނަ ސުކޫލްތަކެއްގެ ހެޑްމާސްޓަރުކަން އޭނާ ވަނީ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ