ތިލަފުށީގައި ހުންނަ ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ސައިޓުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަންޖެހި ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހިއްޖެއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދުވަހުން ދުވަހަށް ދެމުންދާ ހިދުމަތްތަކަށް ހުރަސްއެޅި، މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށެވެ. މި ހާދިސާގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފައެވެ.
އެހެންކަމުން އެ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަންޖެހިފައިވާއިރު ވެމްކޯއިން މަސައްކަތް ކުރަމުންދަނީ ތިލަފުށި ސައިޓުގެ އޮޕަރޭޝަންތައް ކުރީގެ ހާލަތަށް ވީހާވެސް އަވަހަކަށް ގެނައުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބަލައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އާދިއްތަ ދުވަހުގެ ރޭގަނޑު 10:20 ހާއިރު ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ އަނެއް ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެހެން ކޮންޓްރޯލް ކުރެވުނު ނަމަވެސް، ކުނިތަކުގެ އަޑީގައި އަލިފާނުގެ އަސަރު ހުރުމުން ފަޔާފައިޓަރުން ވަނީ ގިނަ އިރުތަކެއް ވަންދެން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ރައީސާ ބައްދަލުކުރުމުގެ ފުރުސަތު އިތުރު 4 ދާއިރާއަކަށް ހުޅުވާލައިފި ފޭދޫގައި އިމާރާތްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިމޭނެ ބަރުދަން ލުއިކުރުމަށް ސައްޙަނޫން މަޢުލޫމާތު ހިމެނޭ ތަކެތި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި ސަވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ