ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި ބަލައިގަތުން މަޑުޖެހިއްޖެ ރައީސާ ބައްދަލުކުރުމުގެ ފުރުސަތު އިތުރު 4 ދާއިރާއަކަށް ހުޅުވާލައިފި ފޭދޫގައި އިމާރާތްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިމޭނެ ބަރުދަން ލުއިކުރ

އަވަހަށް ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ތަފާތު ޑައިޓްތަކާއި ސަޕްލިމެންޓްތަކުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ނުރައްކާ އެބައޮތެވެ. ހަފުތާއަކު ދެ ޕައުންޑަށް ވުރެ ގިނައިން ބަރުދަން ލުއިކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަމެއް ސިއްހީ މާހިރުންގެ އިތުރުން ސައިންސުވެރިން ވެސް އެއްބަސްވެއެވެ.
އެމެރިކާގައި އެކަނިވެސް އަހަރެއްގެ މައްޗަށް 33 ބިލިއަން ޑޮލަރު ބަރުދަން ލުއިކުރާ އުފެއްދުންތަކަށް ހޭދަކުރެއެވެ. ނަމަވެސް، ބަރުދަން ލުއިކުރުމަށް ވިއްކާ ބޭސްތަކާއި ސަޕްލިމެންޓްތަކަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބޭހުގެ ގޮތުގައި ރެގިއުލޭޓްކުރާ ތަކެއްޗެއް ނޫނެވެ. އެ އިދާރާއިން މި ތަކެތި ބަލަނީ ކާބޯތަކެތީގެ ގޮތުގައެވެ. އެހެންކަމުން، ބާޒާރަށް ނެރުމުގެ ކުރިން އެއީ ރައްކާތެރި އަދި ނަތީޖާ ނެރެދޭ ތަކެތިކަން ސާބިތުކޮށްދޭކަށް ނުޖެހެއެވެ.
އަވަހަށް ބަރުދަން ލުއިކުރުމަށް އާންމުކޮށް ބޭނުންކުރާ ގޮތްތަކުގެ ތެރޭގައި ނުކައި ހުރުމާއި، ވަރަށް މަދުން ކެލޮރީ އެކުލެވޭ ޑައިޓްތައް ނެގުމާއި، ތަފާތު ކްރީމްތައް ބޭނުންކުރުން ހިމެނެއެވެ. މިސާލަކަށް، ލަވަކިޔުންތެރިޔާ ބިޔޯންސޭ މަޝްހޫރުކުރި “މާސްޓާ ކްލެންސް” ޑައިޓަކީ ހަމައެކަނި ފެނާއި، ލުނބޯ ހުތާއި، މޭޕަލް ސިރަޕް އަދި އަސޭމިރުސް ބޭނުންކޮށްގެން ކުރިއަށްގެންދާ ޑައިޓެކެވެ. މީގެ އިތުރުން، ބަރުދަން ލުއިކޮށްދޭ ކަމަށް ބުނާ ކްރީމްތަކާއި ޕެޗްތަކަކީ ދޮގު މައުލޫމާތު ފަތުރާ ތަކެތި ކަމަށް އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ ކަނޑައަޅާފައިވާއިރު މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
މީގެ ތެރޭގައި، މަސްތަކެއް ވަންދެން ބަރުދަން ލުއިކުރާ މީހުންގެ ތެރެއިން 12 އިންސައްތަ އާއި 25 އިންސައްތައާ ދެމެދުގެ މީހުންގެ ކިޑްނީގައި ހިލައުފެދުން ހިމެނެއެވެ. މީގެ އިތުރުން، ޑީހައިޑްރޭޝަން، މާލްނިއުޓްރިޝަން، އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ އިލެކްޓްރޮލައިޓް އިމްބެލެންސް ފަދަ މައްސަލަތައް ދިމާވެއެވެ. ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، އަނބުރައިގަތުމާއި، ބަނޑުހިކުމާއި، އިސްތަށި ފޭބުމުގެ އިތުރުން މަސްތައް ވިރުން ފަދަ ކަންކަންވެސް މެދުވެރިވާ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
ނަމަވެސް، ބައެއް ހާލަތްތަކުގައި ޑޮކްޓަރުންގެ ލަފާގެ މަތިން އަވަހަށް ބަރުދަން ލުއިކުރުމަކީ ރަނގަޅު ކަމެއް ކަމަށް އެމީހުންވެސް އެއްބަސްވެއެވެ. އެގޮތުން، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 30 އަށް ވުރެ މަތިވެފައި، ހަކުރުބަލި ނުވަތަ ލޭމައްޗަށްދިއުން ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް “ވެރީ ލޯ-ކެލޮރީ ޑައިޓް” (ވީއެލްސީޑީ) އެއް ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ.
މިފަދަ ޕްރޮގްރާމްތަކުން 12 ހަފުތާގެ ތެރޭގައި ހަށިގަނޑުގެ ބަރުދަނުގެ 15 ޕަސެންޓާއި 25 ޕަސެންޓާއި ދެމެދުގެ މިންވަރެއް ލުއިކޮށްދެއެވެ. އެހެންނަމަވެސް، މި ޕްރޮގްރާމް ފަށާ މީހުންގެ ތެރެއިން 25 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މީހުން ޕްރޮގްރާމް ފުރިހަމައެއް ނުކުރެއެވެ. ސިއްހަތު ރަނގަޅު މިންވަރެއްގައި ބަރުދަން ބެހެއްޓުމަކީ އުރަމަތީގެ ކެންސަރާއި، އޯވަރީ، ބޮޑުގޮހޮރު އަދި ޕެންކްރިއާސް ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމެކެވެ.
އެއްވެސް މަސައްކަތަކާ ނުލައި، އަހަރެއްގެ ތެރޭގައި 10 ޕައުންޑަށް ވުރެ ގިނައިން ނުވަތަ ހަށިގަނޑުގެ ބަރުދަނުގެ 5 އިންސައްތަ ލުއިވެއްޖެނަމަ، އެއީ ކެންސަރު، ހަކުރުބަލި، ނުވަތަ ތައިރޮއިޑް ފަދަ ބައްޔެއްގެ އަލާމާތަކަށް ވެދާނެތީ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދުދީފައިވެއެވެ. އަވަހަށް ބަރުދަން ލުއިކުރުމަށް އަމިއްލައަށް މަސައްކަތްކުރާނަމަ، ދުވާލަކު 70 އާއި 100 ގްރާމާ ދެމެދުގެ މިންވަރަކަށް ޕްރޮޓީން ކެއުމަށާއި، މަލްޓިވިޓަމިން ބޭނުންކުރުމަށް ވެބްއެމްޑީން ލަފާދެއެވެ. ނަމަވެސް، މިފަދަ ކްރޭޝް ޑައިޓްތައް ހުއްޓާލުމާއެކު ގިނަ މީހުންގެ ބަރުދަން އަލުން އިތުރުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ