ފޭދޫގައި އިމާރާތްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިމޭނެ ބަރުދަން ލުއިކުރުމަށް ސައްޙަނޫން މަޢުލޫމާތު ހިމެނޭ ތަކެތި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި ސަވާހެލި، އައްޑޫ ސިޓީގެ އިހްތިސާސުން ވަކިކޮށް، ރައީސް ނިންމަވައިފި ތިލަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ބާއްވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަތަރު ދާއިރާއަކަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި މިފަހަރު ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ:
މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00 އެވެ.
މި ސިލްސިލާ ބައްދަލުވުންތަކަކީ ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވުމުގެ މަޤްޞަދުގައި ރައީސް މުއިއްޒު ކުރިއަށްގެންދަވާ ހަރަކާތެކެވެ.
އިތުރު ދާއިރާތަކަށް ފުރުސަތު ހުޅުވާލިއިރު، އެންމެ ފުރަތަމަ މި ފުރުސަތު ދީފައިވަނީ ހުޅުމާލޭ އުތުރު ދާއިރާ، ސ. ހުޅުދޫ ދާއިރާ، ހއ. ހޯރަފުށި ދާއިރާ އަދި ހުޅުމާލޭ މެދު ދާއިރާގެ ރައްޔިތުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ