މަޖިލީހުގެ ރިޔާސަތަށް ގަވާއިދާއި ޚިލާފަށް އަރާއިން ކަނޑިތީމުގެ ދާއިރާގެ މެމްބަރު ޝަހީމު ހުރީ މަސްތުވާ ތަކެތި ބޭނުން ކޮށްގެން އަމަލުވެފައި!

މަޖިލީހުގެ ރިޔާސަތަށް ގަވާއިދާއި ޚިލާފަށް އަރާއި މިވަގުތު އިން ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމު ހުރީ މަސްތުވާ ތަކެތި ބޭނުން ކޮށްގެން އަމަލު ވެފައި ކަމަށް، މަޖިލިސް އިދާރާ ތެރެއިން މައުލޫމާތު ލިބެއެވެ.
ޝަހީމު އަކީ މަސްތުވާ ތަކެތި ގަދަ އަށް ބޭނުން ކުރާ އެޑިކްޓެކެވެ. ފަރުވާ ބޭނުންވާ މި ނުރައްކާތެރި މަސްތުވާތަކެތި ބޭނުން ކުރާ މަޖިލިސް މެމްބަރަކީ ދާދި ފަހުން، މުއިއްޒު 4 މިލިއަން ދީގެން ގަނެފައިވާ ރިޝްވަތުގެ ތުހުމަތު އޮތް ހިޔާނާތްތެރިއެކެވެ. ރިޝްވަތުގެ ފައިސާ މީނާ ނަގާފައި ވަނި، މަޖިލީހަށް ދެން މީނާ ނުހޮވޭނޭ ކަން އެނގިގެންނެވެ.
ފައިސާ ލިބުމުގެ ކުރިން، ސަރުކާރާއި ވަރަށް ދެކޮޅު ކަމަށް ދައްކައި މީނާ ވަނީ މުއިއްޒަށް އެތައް އެއްޗެއްސެއް ކިޔާފައެވެ. މަޖިލީހުގައި އަދި ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައި ވެސް މުއިއްޒުގެ ނުބައި ވާހަކަ ގަދައަށް މީނާ ވަނީ ދައްކާފައެވެ.
އޭނާ ދަނީ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށް، ދުންމާރި ފުމެމުންނެވެ. މީނާ އަކީ މަސްތުވާތަކެތީން ސަލާމަތް ވުމަށް، ފަރުވާ ބޭނުންވާ ބަލި މީހެކެވެ. މުއިއްޒު ދަނީ މީނާއަށް ބާކީ ދޭން ހުރި ފައިސާތައް ހިފަހައްޓައިގެން މީނާގެ ބޭނުން ހިފަމުންނެވެ. މީނާ އަކީ މަސްތުވާތަކެތި ބޭނުން ނުކޮށް އެންމެ އިރަކުވެސް ނުހުރެވޭ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ