ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސަން އައިލެންޑަށް ވަޑައިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ތާއީދު ހޯއްދެވުމަށް ޤާސިމް އިބްރާހީމްއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް ގާސިމްއަށް ދެއްކެވި ލިޔުންތަކުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހުރީ ރަނގަޅަށް ނޫންކަން އެނގިވަޑައިގެންނެވިކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް ސަން އައިލެންޑް ރިސޯޓުގައި ޤާސިމް އަރިހުގައި ތިން ދުވަސް ހޭދަކުރެއްވިއެވެ. މި ދަތުރުގައި އެމަނިކުފާނުވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް އަރިހުގައި ގެންދަވައި، ޤާސިމަށް ދައްކަވާފައެވެ. ބޮޑެތި ހުށަހެޅުންތަކާއެކު ޤާސިމް އަރިހަށް ރައީސް އިބްރާހީމާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް ޤާސިމް ނިންމެވީ ރައީސް އިބްރާހީމަށް ތާއީދު ނުކުރެއްވުމަށެވެ.
އިންޑިއާއާއެކު ވެވުނު އެއްބަސްވުން ގޯސް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ