ރައީސް އިނގިރޭސި ގަނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި، ދޭދޭ ގުޅުން ބަދަހިކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ބައްދަލުކުރައްވައި ދޭދޭ ގުޅުންތައް ބަދަހިކުރުމަ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ. އިނގިރޭސިވިލާތައް ރައީސް ވަޑައިގެންނެވީ އިއްޔެއެވެ. https://sun.mv/208643 މި ބައްދަލުކުރެއްވުން އޮތީ، ލިންޑްޒޭ ހޮޔިލްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ، ސްޕީކާޒް ހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައިފައެވެ. އަދި ޚާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް ފަހު ރައީސްވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓާ ބައްލަވާލައްވާފައެވެ. މި ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ދެގައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެއް ކަމުގައި ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ، އިނގިރޭސިވިލާތައް ރައީސް ވަޑައިގަތީ މަތީ ފަންތީގެ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ