ނިއުކާސަލް އިން ބުނާ އަގުދީފައި އިސާކް ގަންނަން ލިވަޕޫލުން ދެކޮޅު ނިއުކާސަލް އިން ބުނާ އަގުދީފައި އިސާކް ގަންނަން ލިވަޕޫލުން ދެކޮޅު

ނިއުކާސަލް (އޮގަސްޓް 2) - ނިއުކާސަލް ޔުނައިޓެޑްގެ ސްވިޑެން ފޯވާޑް، އަލެކްސަންޑަ އިސާކް ވިއްކާލަން އެ ކްލަބުން ކިޔާ އަގުދީފައި އެ ޑީލް ކުރިއަށްގެންދަން ޗެމްޕިއަން، ލިވަޕޫލުން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިސާކް، 25، ގަންނަން ލިވަޕޫލުން ކުރި 140 މިލިއަން ޑޮލަރުގެ ބިޑް، ނިއުކާސަލް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ލިވަޕޫލުން ދެ ވަނަ ބިޑެއް ކުރާނެ ކަމަށް ނިއުކާސަލް އިން ތައްޔާރަށް ތިބިއިރު، އެ ކްލަބުން އިސާކް ވިއްކާލަން ކިޔާ 185 މިލިއަން ޑޮލަރު ދީފައި، އެ ޑީލް ކުރިއަށްގެންދަން ލިވަޕޫލުން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނިއުކާސަލްގެ ޕްރީ ސީޒަން އޭޝިއާ ޓުއާގައި، އިސާކް ބައިވެރިނުވާއިރު، އޭނާ ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާކަން ނިއުކާސަލްގެ މެނޭޖްމަންޓަށް ހިއްސާކޮށްފަ އެވެ. ނިއުކާސަލުން ބުނީ، އިސާކް އެއްކޮށް ފިޓްނުވާތީ، އޭނާ ޓުއާގައި ބައިވެރިނުވަނީ ކަމަށެވެ. އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލަށް ބަދަލުވާން ބޭނުންވާތީ އިސާކް އަންނަނީ، ނިއުކާސަލްގެ ޓްރެއިނިން އަށް ދިއުމުގައި ދެކޮޅު ހަދަމުންނެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކް، އަލުން ކުރީގެ ކްލަބްގެ ފެސިލިޓީ ބޭނުންކުރަމުން އަންނަނީ، ސްޕެއިނުގައި ޗުއްޓީއެއް ވެސް ހޭދަކުރަމުން އަންނާތީ ކަމަށް ސޮސިއެޑާޑްގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އިސާކްގެ ނިއުކާސަލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ލިވަޕޫލުން މިހާރު ހުށަހަޅާފައި އޮތް ޖުމްލަ އަގު ނޫން ގޮތަކަށް އެ ޑީލް ކުރިއަށްގެންދަން އެ ކްލަބުން ބޭނުމެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލުން ބޭނުންވަނީ، އިސާކްގެ ފީ ދެ އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ރޭވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ