އުރީދޫ އިން އަހަރީ ދުވަސް ފާހަގަކުރަން ބްރޭންޑް އެމްބެސެޑަރުންނާއެކު މެޗެއް ކުޅެފި އުރީދޫ އިން އަހަރީ ދުވަސް ފާހަގަކުރަން ބްރޭންޑް އެމްބެސެޑަރުންނާއެކު މެޗެއް ކުޅެފި

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންނާއެކު އިއްޔެ ހާއްސަ މެޗެއް ކުޅެފި އެވެ.
އުރީދޫގެ ޓީމުން އިއްޔެ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ހަބޭސް ބޮޑުބެރު ގްރޫޕާއެކުގަ އެވެ.
ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ 20 އަހަރު ފާހަގަކުރުމަށް އެ ކުންފުނިން އޮފާތަކެއް ވެސް ވަނީ ފަށައިފަ އެވެ.
މިގޮތުން އިއްޔެ އިން ފެށިގެން އޮގަސްޓް 7، ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭއިރު، އެ ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވެ އެވެ.
އޮގަސްޓް 3، ގައި ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވައިލާފަ އެވެ.
މީގެއިތުރުން މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި އެމް-ފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ އޮފާއެއް ވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ