ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ހިދުމަތުގެ މެޑެލް އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލް ހަވާލުކޮށްފިއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ހިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ހިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.
މެޑެލި ހަވާލުކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަހުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ހިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ އަޒުމު އައުކުރުން އޮތެވެ. މިއަދުގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިވަން ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް: ރައީސް ފަވަރަ މެދުވެރިކޮށް އިންޑިއާގެ ރުޕީސް އާއި ދިވެހި ރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ