34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮޅުފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި

މ. ކޮޅުފުުށީގައި ސަރުކާރުން ގާއިމްކުރި 34 މިލިއަން ރުފިޔާގެ އާ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކޮށް މިއަދު އެ އިންޖީނުގެ ހުޅުވައިފި އެވެ.
ހައުސިން މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސް ޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް މިއަދު ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިންޖީނުގެ ހުޅުވައި ދެއްވީ އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާޙިމް އެވެ. ކޮޅުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ފެނަކަ
ފެނަކައިގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކޮޅުފުށީގައި އަލަށް ހުޅުވި އެ އިންޖީނުގޭގައި 250 ކިލޯވޮޓްގެ ދެ އިންޖީނާއި 200 ކިލޯވޮޓްގެ އެއް އިންޖީނު ބަހައްޓާފައިވާ ކަމަށެވެ.'
ކޮޅުފުށީގައި ގާއިމްކޮށްފައިވާ ފެނަކަ ބްރާންޗްއަކީ ޒަމާނީ ފެންވަރަކަށް އިމާރާތްކޮށް އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެެންމެހާ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ އިންޖީނު ގެއެކެވެ. އެ ޕްރޮޖެކްޓަކީ 34،487،211.00 ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ