އިލެކްޝަންސް ކޮމިޝަންގެ މެމްބަރު، އިސްމާއިލް ހަބީބު ރާއްޖޭގެ ޓީވީ ޗެނަލެއްގައި މަސައްކަތްކުރާ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މީޑީއާއަށް ޚާއްސަކޮށްފައިވާ ވައިބާ ގްރޫޕެއްގައި، އެ ނޫސްވެރިޔާ ލިޔުނު ޚަބަރަކާއި މެދު ހިއްޕުޅާ ނުވެގެން ހަބީބު ވަނީ ވާޙަކަ ދައްކަވާފައެވެ. އެގޮތުން އޭނާ މިވަގުތު ހުންނެވީ ކޮލަމްބޯގައި ކަމަށާއި، ކޮލަމްބޯއަސް ވަޑައިގަންނަވާ ނަމަ އަންގަވައިދެއްވުން އެދޭ ކަމަށް ހަބީބު ވަނީ އެ ގްރޫޕުގެ ތެރޭގައި ވިދާޅުވެފައެވެ.
"ކޮންކަމަކާތޯ ތިހާވަރަށް އަޅުގަނޑު ތި ހޯއްދަވަނީ،...ކޮލަމްބޯއަށް ވަޑައިގަންނަވާނަމަ އަންގަވާލައްވައްޗޭ،" ގިނަ ޢަދަދެއްގެ ނޫސްވެރިން ތިބި ވައިބާ ގްރޫޕެއްގައި ނޫސްވެރިޔަކާއި ދިމާލަށް ހަބީބު ބުނެފައި ވެއެވެ.
-އިތުރު ތަފްސީލު އަންނަނީ-
އީސީ މެމްބަރު، ހަބީބު އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ