ރައީސް ޔާމީނަކީ ރައްޔިތުން ދޫކުރައްވާފައި ފިލާވަޑައިގަންނަވާނެ ބޭފުޅެއްނޫން – އަދުރޭ

ރައީސް ޔާމީނަކީ ރައްޔިތުން ދޫކުރައްވާ ފިއްލަވާނެ
ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، އެމަނިކުފާނު ފިއްލަވަން ބޭނުންފުޅު ނަމަ އެކަން ކުރިތާ
ކިތަންމެ ދުވަހެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން
މަޖިލީހުގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް މާދަމާ
ވަޑައިގަންނަވާނެ ކަމަށާއި ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށެވެ. ރައީސް ޔާމީން
ހައްޔަރުކުރާނެ ކަމާއި އެމަނިކުފާނަށް ސަރުކާރުން ދަޢުވާތައް ކުރާނެކަން މާ ކުރިންވެސް
އެނގިލައްވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރަކީ
ރައްޔިތުންނަށް ހިދުމަތްތަކެއް، ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް އައި ސަރުކާރެއް
ނޫންކަމަށެވެ. އަދި މި ސަރުކާރު އައީ ޒާތީ ހަސަދައާ ބަދަލު ހިފުމުގެ ރޫޙުގައި ކަމަށް
އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރަށް މާބޮޑެތި ކަންތައްތަކެއް ކޮށްދެވިދާނެ
ކަމަށް ދިވެހި ރައްޔިތުން އުއްމީދު ނުކުރުމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޤައުމުގެ ވެރިކަމުގައި ހުންނެވި
ފަސް އަހަރުގެ ދައުރުގައި ވެރިކަން ކުރެއްވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާއި
އެއްގޮތްވާ ގޮތުގެމަތިން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޤްބޫލް ސަބަބެއް ނެތި، ރައީސް
ޔާމީން ހައްޔަރު ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް
ހާޒިރު ކުރަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެކި ފަހަރުމަތިން އެ ޢަދަދަށް
އެމަނިކުފާނުގެ އެކައުންޓުތަކަށް ފައިސާ ވަދެފައިވާ މައްސަލައަކާއި ގުޅިގެންނެވެ. އަދި
އެ މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓުތައް ވަނީ ފްރީޒުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ