ރައީސްކަމަށް ވާދަކުރަން ފުރުސަތު ލިބުނަސް އިސްކަންދޭނީ މި ވެރިކަން ދަމަހައްޓަން، މިއީ އަހުދެއް: ގާސިމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައިރު ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިިއްޔާކަމުގެ މަގާމަށް ވަޑައިގަތުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ. ހަތަރު އިލްމުވެރިޔަކު ޖޭޕީ އަށް ސޮއިކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެންމެ އިސްކަންދޭނީ ކޯލިޝަނުގެ ސަރުކާރު ދަމަހައްޓަން ކަމަށެވެ. "[ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް] އެ ފުރުސަތު ލިބުނު ނަމަވެސް އެކަން އިސްނުކުރާނަން. އެކަންވާނި ދެވަނަ ނުވަތަ ތިންވަނައަށް އަންނަ ކަމަކަށް. އެންމެ ފުރަތަމަ އިސްކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން އަމިއްލަ ގޮތުން ކުރައްވަންޖެހޭ ކޮންމެ ކަމެއްވެސް އަދި ޖެޕީ އިން ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ. "އެއީ އަޅުގަނޑުމެންގެ ވައުދު. އަޅުގަނޑުމެންގެ އަހުދު،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ