މޫސުން ގޯސް، ދަތުރު ކުރާއިރު ސަމާލުވުން ބުއްދިވެރި

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން އަދިވެސް މޫސުން ވަރަށް ގޯސް ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސް ކޮށްފިއެވެ.
އެއިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރަމުން މިދާ ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ކުރަުންދާނެ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވައިގަދަވެ، ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ގަދަވާނެތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން (ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން) މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ