ކާޑާއި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 500 މިލިއަނަށް ވުރެ ގިނަ ފައިސާ!

ކާޑާއި ކަރަންޓުގެ އަގު 2019 ވަނަ އަހަރު ހެޔޮ ކުރުމަށް 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުގައި ހިމަނަން ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ހަރަދުގެ ގޮތުގައި 1089 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެތެރޭގައި ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ހިމަނާފައިވާ 230 މިލިއަން ރުފިޔާއާއި، ކަރަންޓު އަގު ހެޔޮ ކުރުމަށް ހިމަނާފައިވާ 273 މިލިއަން ރުފިޔާ ހިމެނެއެވެ.
އޭގެ އިތުރުން ކުނި އުކާލުން އަގުހެޔޮ ކުރުމަށް ދޭ ފައިސާގެ ގޮތުގައި 70 މިލިއަން ރުފިޔާއާއި ތެލުގެ އަގު ހެޔޮ ކުރުމަށް ދޭ ފައިސާގެ ގޮތުގައި 500 މިލިއަން ރުފިޔާ ހިމާފައިވެއެވެ.
ހިނގަމުން މިދާ 2018 ވަނަ އަހަރު ކަރަންޓު އަގުހެޔޮ ކުރުމަށް 200 މިލިއަން ރުފިޔާ އަދި ކާޑު އަގު ހެޔޮ ކުރުމަށް 50 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ