ޝަރުއީ ދާއިރާގެ އެހީގައި ބަގާވާތެއް ގެނެވޭތޯ މަސައްކަތްކުރާ ކަމުގެ ތުހުމަތު

ޝަރުއީ ދާއިރާގެ އެހީގައި ބަގާވާތެއް ގެނެވޭތޯ މަސައްކަތްކުރާ ކަމުގެ ތުހުމަތު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ކުރައައްވައިފިއެވެ.
ނިހާދު މިހެން ވިދާޅުވީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކޯޓުތަކުގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަޔާނެއް ނެރުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ޖުޑީޝަރީ ގެ އެހީގައި ބަގާވާތެއް ގެނެވޭތޯ ކުރާ މަސައްކަތްތައް މެކުހައް ދެއްތޯ؟" އެ ބަޔާނާއި ގުޅިގެން ނިހާދު މިއަދު ޓްވިޓާގައި ވިދާޅުވިއެވެ.
ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ