ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާ އާއި މުދާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ސެންޓްރަލް ހޮޓެލްގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޝިފާޒު ހުށަހެޅުއްވި ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
ގައުމީ މަޖިލީހުގެ 51 މެމްބަރުން ބައިވެރިވި ބައްދަލުވުމަށް ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރެއްވުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ ފައިސާ އާއި މުދާ ހޯދުން ހިމެނޭ ކަމަށެވެ. އަދި އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ތަޖުރިބާކާރުން ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމަށްޓަކާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ އެ މަސައްކަތް ހަވާލު ކުރަން ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.
"ދިވެހިރާއްޖެ އާއި ދިވެހިރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާ އާއިމުދާ ބަންޑާރަ ނައިބު މެދުވެރިކޮށް، ހޯދައި ދައުލަތަށް އެ ފައިސާ އާއި މުދާ ރުޖޫއަ ކުރުމުގެ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެއްޓެވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އެ މައްސަކަތް ކުރާނެ ފަންނީ ތަޖުރިބާކާރު ފަރާތްތައް ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ދިވެހިރައްޔިތުންގެ ޑިކޮމްރެކްޓިކް ޕާޓީގެ ޗެއާޕާސަން އާއި ހަވާލުކޮށް،" ޝިފާޒު ހުށަހެޅުއްވި ގަރާރުގައިވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ރައްޔިތުންގެ މަންފާއަށާއި ލާބައަށް ބޭނުން ކުރުމަށް ވެސް ޝިފާޒު ހުށަހެޅުއްވި ގަރާރުގައިވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސަރުކާރުން ވަގަށް ނެގި ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ގޮތުގެ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ