ޕީއެސްއެމް ހަރާބުވެ، ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ގެއްލިފައިވާ ކަމަށް ބުނެ ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރގެ މަގާމުން ހަފްސީ އަބްދުﷲ އިސްތިއުފާދީފިއެވެ.
މިކަން ހާމަކޮށް ހަފްސީ އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ހަމަހަމަކަމާއެކު ތެދު ޚަބަރު ފެތުރުމާއި އިޖްތިމާއީ ސިޔާސީ އަދި އަހުލާގީ ސިފަތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ އެންމެ އިސް ޒިންމާ ކަމަށާއި ޕީއެސްއެމްގައި މަސައްކަތް ކުރުމުގެ ޝަރަފުވެރިކަމަކީވެސް އެއީ ކަމަށެވެ.
އެހެން ނަމަވެސް މިއަދު ޕީއެސްއެމްއިން ފެނިގެންދަނީ އެމަންޒަރު ނޫން ކަމަށް ހަފްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާގައި ހޭދަކުރި ދިގު މުއްދަތުގައި މި މިންވަރަށް ދައުލަތުގެ މީޑިއާގެ ހިންގުން ހަރާބުވެގެން ނުދާ ކަމަށާއި ދައުލަތުގެ މީޑިއާ އިން މިހާރު ފަތުރަމުންދާ ޚަބަރުތަކުގައި އެމީޑިއާއިން އަމަލު ކުރަންޖެހޭ މިންގަނޑާ ތައާރަޒު ވާކަމަށް ވެސް ބަޔާނުގައި ބުނެއެވެ.
މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާވެސް ހިލާފުވެފައިވާ ކަމަށާއި ޕީއެސްއެމްގެ އިދާރީ ހިންގުމުގައިވެސް އެއްވެސް ވަރެއްގެ އިންސާފުވެރިކަމެއް ނެތް ކަމަށް ހަފްސީ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މުވައްޒަފުންގެ ސިޔާސީ ފިކުރަށްބަލައި އެ މުވައްޒަފުންނާމެދު ތަފާތުކުރުންތައް ގެންގުޅުމާއި ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އަސާސީ އަހުލާގީ އުސޫލުތައް ދޫކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ. ޕީއެސްއެމްއިން ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމާއި ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ނެތިގެން ގޮސްފައިވާކަމަށްވެސް ފާހަގަކުރެވޭކަމަށް ބަޔާނުގައިވެއެވެ. ޕީއެސްއެމްގައި ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް ނެތް ކަން ހަފްސީ ވަނީ ފާހަގަކޮށްފައެވެ.
ހަފްސީ ވަނީ 13 އަހަރުވަންދެން ދައުލަތުގެ މީޑިއާގައި ވަޒީފާ އަދާކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޕީއެސްއެމް ހަރާބުވެ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ވަނީ ގެއްލިފައި: ހަފްސީ އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ