މައުމޫން ދޫނިދޫއަށް ބަދަލުކުރައްވައިފި

މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫނިދޫ އަށް ބަދަލުކުރައްވައިފި އެވެ.
މައުމޫން ރީފޯމް މޫވްމަންޓުގެ އިސް ބޭފުޅެއް ވިދާޅުވީ ރައީސް މައުމޫން މާފުށިން ދޫނިދޫއަށް ބަދަލު ކުރުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެމަނިކުފާނު މާފުށިން ދޫނިދޫއަށް ބަދަލުކުރައްވާ ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އަހުމަދު މަހްލޫފު ވިދާޅުވިގޮތުގައި ރައީސް މައުމޫން ގޭ ބަންދަށް ނުވަތަ ދޫނިދޫއަށް ބަދަލުކުރައްވަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ކުރިން ލިބިފައެވެ.
ރައީސް މައުމޫނު މާފުށީީ ޖަލުގައި މިހާރު ތަންފީޒް ކުރައްވަމުން ގެންދަވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިންކަމަށްބުނެ، އަދުލު އިންސާފަށް ހުރަސްއެޅިކަމަށް ބުނެ ކޮށްފައިވާ ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ