ލަންކާގައި މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި 7 މީހުން މަރުވެއްޖެ

ސްރީލަންކާގެ ކައިރީގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ ސަބަބުން ބުދަދުވަހުއްސުރެން ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ހަތް މީހުން މަރުވެ ތޭވީސް މީހުން ގެއްލި، މާއްދީ ގެއްލުންތަކެއް ލިބިއްޖެއެވެ.
 ކާރިސާތަކާބެހޭ ސްރީލަންކާގެ މަރުކަޒު "ޑީއެމްސީ" އިން ބުނީ ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ވެރިރަށް ކޮލަންބޯގެ ބޮޑުބައަކުން ކަރަންޓް ކެނޑި، ގިނަ ޢަދަދެއްގެ ރުށްގަސް ވެއްޓި ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެފައިވާކަމަށެވެ.
މީގެއިތުރުން ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ގޭތެރެއަށް ފެންވެއްދުމުގެ ސަބަބުން އެތައް އާއިލާއެއް ހާލުގައިޖެހިފައިވާ ކަމަށްވެސް "ޑީއެމްސީ" އިން ބުނެއެވެ. ކޮލަންބޯއަށް ގަޑިއަކު ފަސްދޮޅަސް ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިންވަނީ ރެޑް އެލަރޓް ނެރެފައެވމި ވިއްސާރައިގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާއިރު ކަނޑުމަތީގައި ހަރަކާތްތެރިވާ މަސްވެރިންގެ ބައެއް އުޅަނދުތައް ބަންޑުންޖަހާލައި ތޭވީސް މަސްވެރިއަކު ގެއްލިފައިވާ ކަމަށް ކާރިސާތަކާބެހޭ ސްރީލަންކާގެ މަރުކަޒުން ބުންޏެވެ.
މިއާއެކު ސްރީލަންކާގެ ކޯސްޓް ގާޑާއި "ޑީއެމްސީ" އިން ވަނީ މިވަގުތަށް ކަނޑު ދަތުރުފަތުރު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ