ދުލެން ނުކުރާނަން މިކަން ކާމިޔާބު ކުރާނަން: ރައީސް މައުމޫނު

ހައްޔަރުކޮށްގެން ގެންދިޔަ ނަމަވެސް ދޫނުދެއްވާނެ ކަމަށާއި ހިތްވަރާއި އެކު އިސްލާހީ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިރޭ ހައްޔަރުކޮށްގެން ގެންދިއުމުގެ ކުރިން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ހައްޔަރު ކޮށްގެން ގެންދިޔަ ނަމަވެސް ހިތްވަރު ދޫނުކުރާނެ ކަމަށާއި، ހިތްވަރާއިއެކު އިސްލާހީ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގައެވެ. ދިވެހި ރައްޔިތުންގެ ކިބައިން ރައީސް މައުމޫނު އެދިވަޑައިގެންނެވީ ކާމިޔާބީއަށް އެދި ދުއާކޮށް ދިނުމަށެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ފުލުހުންގެ ވެހިކަލަށް އަރުވާފައިވަނީ ދާދި ދެންމެއަކުއެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ރައީސް މައުމޫނު ވިދާޅުވީ މިއީ ޤާނޫނީ ޤާނޫނީ ހިލާފު ހައްޔަރެއް ކަމުގައެވެ.
ސަރުކާރުގައި ތިއްބެވި ރައީސް މައުމޫނުގެ ދެ ބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫނު ރައީސް މައުމޫނު ގެންދިއުމުގެ ކުރިން ރައީސް މައުމޫނާއި އެކު ފޮޓޮއެއް ނަންގަވާ ރައީސް މައުމޫނު ރައްކާތެރިކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާ ޓްވިޓެއް ކުރެއްވިއެވެ.May Allah keep my father @maumoonagayoom safe & well Insha Allah! pic.twitter.com/NUx8Dw5HOV— Dunya Maumoon (@dunyamaumoon) February 5, 2018ބައްޕާފުޅާއި ކޮށްކޯފުޅު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހައްޔަރު ކޮށްފައިވާއިރުވެސް ދުންޔާ ފެނިގެންދަނީ ސަރުކާރުގައި ހުންނަވާ ތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ