މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި

މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފިއެވެ.
މި މުބާރާތުގެ ކުޅުން މިދިޔަ އާދިއްތަ ދުވަހު ފެށިއިރު، މިހާތަނަށް ވަނީ 5 މެޗު ކުޅެފައެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގައި 16 ސްކޫލަކުން ވާދަކުރާއިރު، މި އުމުރުފުރާ ކުރިއަށްދަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ.
އާދީއްތަ ދުވަހު ކުޅުނީ ގްރޫޕް އޭގެ މެޗުތަކެވެ. އަދި މި ދެ ދުވަހު ކުޅުނީ ގްރޫޕް ބީ އާއި ގްރޫޕް ސީގެ މެޗުތަކެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިއްޔެ މަޖީދިއްޔާ ވަނީ ކ. ހުރާ ސްކޫލް އަތުން މޮޅުވެފައެވެ. ހުރާ ސްކޫލާއި ވާދަކޮށް މަޖީދިއްޔާ މެޗު ކާމިޔާބުކުރީ 4-0 އިންނެވެ.
ގްރޫޕް ބީގެ ދެވަނަ މެޗުގައި މިއަދު މެންދުރުފަހު ބައްދަލުކުރީ ތާޖުއްދީން ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލެވެ. މި މެޗު 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ.
ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އިސްކަންދަރު ސްކޫލާއި ޣާޒީ ސްކޫލް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލުންނެވެ.
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން ފެށިއިރު، މިބައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 21 ވަނަ ދުވަހެވެ.
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި 14 ސްކޫލަކުން ބައިވެރިވިއިރު، 18 އަހަރުން ދަށުގައި ބައިވެރިވީ 4 ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ